background image
school guide logo

ކުދިންނާ ދޭތެރޭ މައިންބަފައިން ސަމާލުވޭ!

ކޮންމެ ކުއްޖަކީ ވެސް ކިޔެވުމަށް މޮޅު ކުއްޖަކަށް ހެދުމަކީ ކޮންމެމަޔަކު އަދި ބަފަޔަކު ވެސް ދެކޭ ހުވަފެނެކެވެ. ކޮންމެ މީހަކީ ވެސް އެ މީހެއްގެ

އައިޝަތު ޖަޒްލީ

0
22 Jul 2022

ކޮންމެ ކުއްޖަކީ ވެސް ކިޔެވުމަށް މޮޅު ކުއްޖަކަށް ހެދުމަކީ ކޮންމެމަޔަކު އަދި ބަފަޔަކު ވެސް ދެކޭ ހުވަފެނެކެވެ. ކޮންމެ މީހަކީ ވެސް އެ މީހެއްގެ ދަރި އަކާ މެދު ފޮނި އުއްމީދުތަކެއް ކުރާނެ މީހެކެވެ. ނަމަވެސް ކުއްޖާ ސްކޫލަށް ދާ ހިސާބުން، މި އުއްމީދުތަކަކީ ވާދަވެރި ބޮޑު "މުބާރާތަކަށް"ވެ، އެހެން މީހުންގެ ދަރިންނަށް ވުރެ ތިމާގެ ދަރިފުޅު މޮޅުވާން ބޭނުންވެ، ދަރިންނާ މެދު ނޭދެވޭ ކަންތައްތައް ކުރެވޭ ފަހަރު އާދެ އެވެ. މި އާޓިކަލުގައި މި ބަލައިލަނީ ދަރިވަރުންނާ ދޭތެރޭ މައިންބަފައިން ސަމާލުވާންވީ ފަސް ކަމަކަށެވެ.

އެކި ކަންކަން ކުރުމަށް މަޖުބޫރު ނުކުރުން

ދަރިވަރުންނަށް އަމާޒުކޮށް ތަފާތު ގިނަ ޕްރޮގްރާމުތައް ހިންގާ ގިނަ ސެންޓަރުތަކެއް މިހާރު މާލޭގައި ވެސް އެބަހުއްޓެވެ. މި ފަދަ ސެންޓަރުތަކުގެ ޕްރޮގްރާމުތަކާއި، ސްކޫލުގައި ހިންގާ އެކި ކަހަލަ އިތުރު ހަރަކާތްތަކާއި، މުބާރާތްތަކުގައި ބައިވެރިވުމަށް ކުދިންނަށް މަޖުބޫރު ކުރުމަކީ ކޮށްގެން ވާނެ ކަންކަމެއް ނޫނެވެ. މަޖުބޫރު ކޮށްގެން ވަކި ކަމަކަށް ކުއްޖާ ފޮނުވާ ނަމަ، އެކަމެއް ބޮޑު ތަކުލީފަކަށް އެކަމެއް ކުރަން ފޫހި ވާނެ އެވެ. އިތުރު ހަރަކާތްތަކާއި ޕްރޮގުރާމުތަުގައި ދަރިވަރުން ބައިވެރި ކުރުވުމުގައި ބަލަން ޖެހޭނީ އެ ކުއްޖެއްގެ ޝައުގާއި ހުނަރު ހުންނަ ކަމަކަށެވެ. ކުދިންނަށް ކުރިއަށް ދެވޭނީ އެ ފަދަ ކަންކަމަށް އެ ކުއްޖާގެ ވަގުތު އިންވެސްޓު ކުރަން ފުރުސަރު ދީގެންނެވެ.

އަޅައިނުކިޔުން

ކިޔެވުމުގައި ކުދިންގެ ހިތްވަރު އެންމެ ބޮޑަށް ގެއްލެނީ ތަކުރާރު ކޮށް މައިންބަފައިންނާއި ޓީޗަރުން އެއް ކުއްޖަކު އަނެއް ކުއްޖަކާ އަޅާ ކިޔުމުންނެވެ. އަބަދުވެސް، ވަކި ކުއްޖެއް މާ މޮޅު ކަމަށް ބުނެ، އެހެން ކުދިންނާ އަޅާ ކިޔާ ނަމަ، ކުއްޖާ އަށް ނަފްސާނީ މައްސަލަތަކާ ވެސް ކުރިމަތި ވާނެއެވެ. ހާއްސަކޮށް، ސެލްފް އެސްޓީމް ދަށްވެ، ކޮންފިޑެންސް ގެއްލި، ކަންކަން ކުރުމުގައި ޖެހިލުންވާ ފަހަރު އާދެއެވެ.

ކާމިޔާބީ ފާހަގަކުރުން

ދަރިވަރުންނަށް ކިޔެވުމާއި އެހެނިހެން ކަންކަމުން ކުރިއަރާ ދިއުމަށް ލިބޭނެ އެންމެ ބޮޑު ބާރަކީ އެކި ކަންކަމުގައި ލިބޭ ކާމިޔާބީތައް ފާހަގަ ނުކުރުމެވެ. ހާއްސަކޮށް، އެ ކުއްޖަކަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެ ހޯދާފައިވާ ކާމިޔާބީއެއް ފާހަގަ ނުކުރާ ނަމަ، އެ ކުދިންނަށް އެ ލިބިދޭން ޖެހޭ ސަޕޯޓު އުނިވާނެ އެވެ، މޮޅެތި ކުދިންތަކެއް އުފެއްދޭނީ އެ ކުދިންގެ ކުޑަކުޑަ ކާމިޔާބީ ވެސް ފާހަގަކޮށް އެއަށް ވުރެ ދުރަށް ދިޔުމަށް ހިތްވަރު ދީގެންނެވެ.

ހަމައެކަނި ނުރަނގަޅު ކަންކަން ފާހަގަނުކުރުން

މައިންބަފައިންނަށް ބައެއް ފަހަރު ކުދިންގެ ހުންނަ ނުރަނގަޅު ކަންތައްތަކުގެ ވާހަކަ އެކަނި ދެއްކޭ ފަހަރު އާދެއެވެ. މިއީ ވަރަށް ގޯސް އާދައެކެވެ. ކުއްޖާގެ ފަރާތުން ނޭދެވޭ ކަންތައްތަކެއް ފެންނަ ނަމަ، އެ ކަންކަން ރަނގަޅު ކުރުމަށް ނަސޭހަތްދީ، އެ ކަން އިސްލާހު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ވާނެއެވެ. ނަމަވެސް، އަބަދު އެ ވާހަކަތައް ދެއްކުމާއި، ހަމައެކަނި ގޯސް ކަންތައްތަކުގެ ވާހަކަތައް ދެއްކުން އާދައަކަށް ނުހަދާށެވެ. ގޯސް އާދަތަކެކޭ އެއްވަރަށް، ދަރިފުޅު ކުރާ ރަނގަޅު ކަންތައްތައް ފާހަގަ ކޮށް އެ ކަންތައްތަކުގެ ވާހަކަ ވެސް ދައްކާށެވެ. ހާއްސަކޮށް ކިޔެވުމާއި ގުޅުން ހުރި ކަންކަމުގައި ހަމަ އެކަނި ގޯސް ކަންތައްތައް ފާހަގަ ކުރާ ނަމަ، ކުދިންގެ ކިޔެވުމަށް އެޅޭ ހުރަހަކަށް މިކަން ވާނެއެވެ.

އަޑުއެހުން

ކިޔެވުމަކީ ކުދިންގެ ދިރިއުޅުމުގެ ބޮޑު ބަޔަކަށް ވާއިރު، އެ ކަމުގައި އެ ކުދިންނަށް ދިމާވާ ގޮންޖެހުންތަކެއް ހުންނާނެއެވެ. އަދި ހިތްހަމަ ނުޖެހޭ ކަންކަމާއި، ނުތަނަވަސްވާ ކަންކަމާއި، ކުރަން އުނދަގޫ ކަންތައްތައް ވެސް ހުންނާނެއެވެ. އެހެން ކަމުން، އަބަދުވެސް ދަރިފުޅު ދައްކާ ވާހަކަތައް އަޑުއެހުމަކީ މުހިންމު ކަމެކެވެ. ވަރަށް ގިނަ ފަހަރު، ކުދިންނަށް ފެއިލްވުމަށް މެދުވެރިވަނީ، އެ ކުދިންނަށް ކުރިމަތިވާ ކަންކަން ބެލެނިވެރިންނަށް ނޭނގި، އެ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ނުދެވޭތީ އެވެ. އެހެންކަމުން އަބަދުވެސް ދަރިފުޅު ދައްކާ ވާހަކަތަކަށް ސަމާލުކަން ދީ އަޑު އަހާށެވެ. ކުދިންނަށް ދިމާވާ ކަންތައްތައް ހައްލު ކޮށްދެވޭނީ ވެސް އޭރުންނެވެ.

0 ކޮމެންޓް, 31 ރިއެކްޝަންސް

icon happy
58
icon sad
3
icon angry
13
icon wow
10
icon inlove
16