background image
school guide logo

ގައުމަށްޓަކައި ގައުމީ ދަރިންތަކެއް ބިނާ ކުރުމުގައި އެމްއައި ކޮލެޖް

ރާއްޖެ އަކީ ދުނިޔޭގެ އެކި ގައުމުތަކަށް ބަރޯސާވެފައިވާ ގައުމެކެވެ. ކާބޯތަކެތިން ފެށިގެން، ޒަރޫރީ ހުރިހާ ބޭނުމަކަށް ވެސް ބަރޯސާވެފައި

އައިޝަތު ޖަޒްލީ

0
17 Jul 2022

ރާއްޖެ އަކީ ދުނިޔޭގެ އެކި ގައުމުތަކަށް ބަރޯސާވެފައިވާ ގައުމެކެވެ. ކާބޯތަކެތިން ފެށިގެން، ޒަރޫރީ ހުރިހާ ބޭނުމަކަށް ވެސް ބަރޯސާވެފައި އޮންނަނީ ބޭރު ގައުމުތަކަށެވެ. ނަމަވެސް ރާއްޖެ އަކީ ވެސް، ރިސޯސްތައް ތަރައްގީކޮށް އަމިއްލަ އަށް ފުދިގެން އުޅެވޭނެ ދަރިންތަކެއް ބިނާ ކުރެވެން އޮތް ގައުމެކެވެ. ބޭނުން ވަނީ އެ ފަދަ ޖީލެއް ތަމްރީނު ކުރާނެ ބަޔެކެވެ. ދެހާސް ހަ ވަނަ އަހަރު ހުޅުވި އެމްއައި ކޮލެޖަކީ މިފަދަ ދަރިންތަކެއް އުފައްދާ، ގައުމަށް ފައިދާ ކުރަނިވި ޖީލެއް ބިނާ ކުރުމަށް އަޒުމު ކަނޑައަޅައިގެން ހުރި ކޮލެޖެކެވެ.

އެމްއައި ކޮލެޖުގެ 2021 ވަނަ އަހަރުގެ ގްރެޖުއޭޝަން ރަސްމިއްޔާތުގެ ތެރެއިން: މި ކޮލެޖަކީ ވާޗުއަލީ ވެސް ގިނަ ދަރިވަރުންތަކަކަށް ކިޔަވާދެމުންދާ ކޮލެޖެއް. ފޮޓޯ: އެމްއައި ކޮލެޖް

"ގައުމަށްޓަކައި" ޝިއާރުގެ ދަށުން ހިންގަމުންދާ މި ކޮލަޖުން ރާއްޖޭގެ 16 ހިސާބެއްގައި ދަނީ ތައުލީމު ދެމުންނެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ޑިމާންޑު އޮންނަ ކަންކަމަށް ބަލައި އެކި ޕްރޮގްރާމުތައް ތައްޔާރުކޮށް ނެރެމުން ދާއިރު، ޓޫރިޒަމް ދާއިރާގެ ޕްރޮގްރާމް "ބެޗްލާ އިން ހޮސްޕިޓައިލިޓީ އެންޑް ޓޫރިޒަމް"ގެ ކޯހެއް ވަނީ ތައާރަފު ކޮށްފަ އެވެ. އަދި ފުދުންތެރި ގައުމަކަށް ހެދުމަށް، ރާއްޖެ އަށް ބޭނުންވާ ފުޑް ސެކިއުރިޓީ ހޯދައި ދިނުމަށްޓަކައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާޑެނިން ޕްރޮގްރާމެއް ވަނީ ފަށައިފަ އެވެ.

މި ޕްރޮގްރާމުގެ ދަށުން ޒަމާނީ ޓެކްނޮލޮޖީ އާ އެކު ރާއްޖޭގައި ހައްދަން ދަތިވެފައި ހުރި އެކި ބާވަތްތަކުގެ ކާ ތަކެތި ހައްދަން ޖެހޭ ގޮތާއި، ގަސް އިންދުމުގައި ވެލި މެއިންޓެއިން ކުރާނެ ގޮތާ މިފަދަ އެކި ކަންކަން ކިޔަވައިދެއެވެ. މިހާރު އެމްއައި ކޮލެޖުން އަމާޒު ހިފާފައި ހުރީ، ސެޓްފިކެޓް ލެވެލްގައި ކިޔަވައިދޭ މި ޕްރޮގްރާމުގެ ޑިގްރީ ލެވެލްގެ ޕްރޮގްރާމެއް ގާއިމްކޮށްދިނުމަށެވެ.

ރާއްޖެ އަށް ދިމާވެފައިވާ ދިވެހި ޓީޗަރުން ލިބުމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، ޓީޗިން ޕްރޮގްރާމުތަކެއް އެމްއައިކޮލެޖުން އަންނަނީ ހިންގަމުންނެވެ. އެގޮތުން ރާއްޖޭގައި އާއްމުކޮށް ދިވެހި ޓީޗަރުން މުހިންމުވެ، ނުލިބޭ ދާއިރާތައް ކަމަށްވާ ސޯޝަލް ސްޓަޑީޒް އާއި ހެލްތު އަދި ޕީއީގެ ކޮމްޕޮނެންޓުތަކެއް ސެކަންޑްރީ ޓީޗިންގެ ކޯހެއް އެމްއައި ކޮލެޖުން ވަނީ ތައާރަފުކޮށްފަ އެވެ. ރާއްޖެ އަކީ ޖަޒީރާ ގައުމަކަށް ވާއިރު، އެމްކިއުއޭ އެޕްރޫވްޑް ގިނަ އޮންލައިން ކޯސްތަކެއް ވެސް އެމްއައި ކޮލެޖުގެ ވާޗުއަލް ކެމްޕަހުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.

އެ ސަބަބާ ހުރެ، ކޮވިޑުގެ ހާލަތުގައި ވެސް ކޮލެޖުގެ ހިންގުމުގައި މަޑުޖެހުމެއް ނެތި ކުރިއަށް ދިޔައެވެ. އަދި 2021 ވަނަ އަހަރުގެ ސައުތު އޭޝިއަން ބިޒްނެސް އެވޯޑުގެ އެކްސެލެންސް އިން އީ ލާނިން ވަނީ ލިބިފަ އެވެ. މިއީ ވާޗުއަލް ކެމްޕަސް އަށް ލިބުނު ބޮޑު ކާމިޔާބީ އެކެވެ. މީގެ އިތުރުން، ސައުތު އޭޝިއަން އެކްސެލެންސް އެވޯޑް 2021ގެ ބެސްޓް އެމާޖިން އެޑިޔުކޭޝަނަލް އިންސްޓިޓިއުޓުގެ އެވޯޑު ވެސް ކާމިޔާބު ކޮށްފައި ވަނީ އެމްއައި ކޮލެޖުންނެވެ.

އެމްއައި ކޮލެޖުގެ އެނުއަލް ޓްރިޕްގެ ތެރެއިން: ދަރިވަރުންނަށް ކޮލެޖު ލައިފް ތަޖުރިބާ ދިނުމަށް މި ކޮލެޖުން ދަނީ މަސައްކަތް ކުރަމުން. ފޮޓޯ: އެމްއައި ކޮލެޖް

އީޖާދީ ދުނިޔެ އަށް ލޯ ހުޅުވިފައި ހުރި ހުނަރުވެރިންތަކެއް ތަމްރީނުކުރުމުގެ ގޮތުން އެމްއައި ކޮލެޖުން ސްކޫލް އޮފް ރޮބޮޓިކްސްގެ ޕްރޮގްރާމުތައް ވަނީ ފަށއިފަ އެވެ. މި ޕްރޮގްރާމުގެ ދަށުން، ކުޑަކުދިންނަށް އަމާޒުކޮށް، ސްޓޭޖް އެކެއްގެ އެމްކިއުއޭ ޕްރޮގްރާމުތަކެއް ވެސް އަންނަނީ ހިންގަމުންނެވެ. އަދި މީގެ ޑިގްރީ ޕްރޮގްރާމެއް ފަރުމާ ކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރިއަށެވެ. ތަފާތު އެކި ދާއިރާތަކުން އެމްއައި ކޮލެޖުގައި ކިޔެވެން ހުރިއިރު، މި ކޮލެޖަކީ ދަރިވަރުންނަށް ބޭރު ގައުމުތަކުން ވެސް ލިބޭ ފަދަ "ކޮލެޖް ލައިފް" އެއް ތަޖުރިބާ ދިނުމުވެ. އަދި ދަރިވަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން "ސްޓޫޑެންޓު ސާވިސް ޔުނިޓު" ޑިވަލޮޕް ކޮށް ދަރިވަރުންނަށް ކުރިމަތިވާ މައްސަލަތައް ދެނެގަނެ، އެ ކަންކަން ދަނީ ހައްލު ކުރަމުންނެވެ.

އެމްއައި ކޮލެޖަކީ މިއާންޒް ޕްރައިވެޓް ލިމިޓެޑްގެ އެޑިޔުކޭޝަންގެ ސެކްޓާގެ ދަށުން ހިންގާ ކޮލެޖެކެވެ. މި ކޮލެޖުގެ އިތުރުން، އައްޑޫގައި "މިއާންޒް އިންޓަނޭޝަނަލް ސްކޫލް އެޓް އައްޑޫ"ގެ ނަމުގައި ބައިނަލްއަގުވަމީ ފެންވަރުގެ ސްކޫލެއް އަންނަނީ ހިންގަމުންނެވެ. މިއީ އެމްއައި ކޮލެޖުން ބަލަހައްޓަމުންދާ ސްކޫލެކެވެ. މި ސްކޫލުން ތައުލީމީ ގިނަ ދަރިވަރުންތަކެއް ނެރުމަކީ އެމްއައި ކޮލެޖުގެ އަމާޒެކެވެ. އަދި އެމްއައި ކޮލެޖުން މިހާރު ކިޔަވާދެމުންދާ ޕްރޮގުރާމުތައް އިތުރުކުރުމުގެ މަސައްކަތްތަކެއް ފަށާފައި ވާއިރު، ރާއްޖެ އަށް ބޭނުންވާ ދާއިރާތަކުގެ ދިރާސާއެއް އަންނަނީ ކުރަމުންނެވެ. އެމްއައި ކޮލެޖުން ބޭނުން ވަނީ ގައުމު އެދޭ ކަންތައްތައް ހޯދައި، އެ ކަންތައްތަކަށް ނުކުންނާނެ އިލްމީ ޖީލެއް ބިނާ ކުރުމަށެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy
0
icon sad
0
icon angry
100
icon wow
0
icon inlove
0