background image
school guide logo

ބޭރުގެ މޮޅު ބްރޭންޑުތަކާ އެކު އޭޑީކޭ ޖެނެރަލް ޓްރޭޑިން

ސްކޫލުތަކުގެ ކިޔެވުން ފެށުމާ އެކު ދަރިވަރުންނާއި ބެލެނިވެރިންނަކީ ބިޒީ ޝެޑިއުލެއްގައި ތާށިވެ، ގިނަ ކަންތައްތަކެއް ކުޑަ ވަގުތުކޮޅަކަށް

އައިޝަތު ޖަޒްލީ

0
10 Jul 2022

ސްކޫލުތަކުގެ ކިޔެވުން ފެށުމާ އެކު ދަރިވަރުންނާއި ބެލެނިވެރިންނަކީ ބިޒީ ޝެޑިއުލެއްގައި ތާށިވެ، ގިނަ ކަންތައްތަކެއް ކުޑަ ވަގުތުކޮޅަކަށް ފައްތަން ޖެހޭ ބައެކެވެ. ބުރަކޮށް އެކި ކަންކަމުގައި އުޅޭ އިރު، އެންމެ ފަސޭހައިން އެންމެންނަށް ވެސް އަޅާލުން ކުޑަ ކުރެވޭ ކަމެއްގެ ގޮތުގައި އޮންނަނީ ކެއުމުގެ ވަގުތުތަކެވެ. އެހެން ނަމަވެސް، މިއީ އެންމެ ސަމާލުކަމާ އެކު ކުރަންޖެހޭ ކަމެވެ. ކުއްޖާ އާއި އަމިއްލަ ދުޅަހެޔޮ ކަމަށް ފައިދާ ހުރި ކާނާ ބޭނުންވެއެވެ. މި ފަދަ ތަކެތި ބޭނުން ނަމަ، އޭޑީކޭ ޖެނެރަލް ޓްރޭޑިން އަކީ އެމެރިކާގެ އިތުރުން ޔޫރަޕާއި އޭޑީކޭގެ ގައުމުތަކުގެ އެކި ބްރޭންޑުތަކުގެ މޮޅެތި އުފެއްދުންތައް އެތެރެ ކުރާ ކުންފުންޏެކެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިންގައި ތަފާތު އެކި ކަހަލަ ބާވަތްތަކުގެ ތަކެތި ލިބެން އެބަހުއްޓެވެ. މީގެ ތެރޭގައި ކިރުގެ އެކި ބްރޭންޑުތަކުގެ އެކި ޕްރޮޑަކްޓުތަކާއި، ޖޫހާއި، ހެލްތީ އެކި ކަހަލަ ސްނެކްސް އަދި ވަގުތު ކުޑަތަންވެގެން އުޅޭ އިރު ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ނޫޑްލްސް ފަދަ ތަކެތި ވެސް ހުރެއެވެ.

މިލްގްރޯގެ ހިކި ކިރުގެ އުފެއްދުންތައް: މިއީ މި ތަނުގެ އެންމެ ޑިމާންޑު އޮންނަ ޕްރޮޑަކްޓް-- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުއްޖާގެ ހެދި ބޮޑުވުމަށް އެންމެ މުހިންމު އެއްޗެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކިރުގެ ގިނަ ބްރޭންޑުތަކަކާއި ޕްރޮޑަކްޓުތަކެއް މި ކުންފުނިން އެތެރެ ކުރެއެވެ. އޭގެ ތެރޭގައި މިލްގްރޯ އަކީ ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް، މިނަރަލްސް، ކެލްޝިއަމް އަދި އަޔަން ގެ މާއްދާތައް އެކުލެވިގެންވާ ކިރެކެވެ. އަދި މި ކުންފުނިން އެތެރެ ކުރާ މީމިލްކް އަކީ ލެކްޓޯސް އިންޓޮލަރެންޓް ކުދިންނަށް ވެސް ބޮވޭނެ ކިރެކެވެ. ގަޓް ހެލްތަށް ރަނގަޅު މި ކިރަކީ 100 ޕަސެންޓު އޯގޭނިކް ކިރެކެވެ. މީގެ އިތުރުން އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ލިބެން ހުރި އެވެންމޯގެ ފްރެޝް ކިރަކީ، މީރު އަދި ސިއްހަތަށް ފައިދާ ހުރި ކިރެކެވެ.

ކިރުގެ ބާވަތްތަކުގެ އިތުރުން މި ކުންފުނިން އެތެރެ ކުރާ ލިގޯ ބްރޭންޑުގެ ޖޫހަކީ އެއްވެސް ޕްރިޒާވަޓިވް އެއް ނުލާ، އިތުރު ހަކުރު ވެސް ނާޅާ ހުންނަ ހެލްތީ ބުއިމެކެވެ. މި ބްރޭންޑުގެ ގެ އެކި ވައްތަރުތަކުގެ މޭވާގެ ޖޫސް ލިބެން ހުންނާނެ އެވެ. މިއީ ހަށިގަނޑަށް ބޭނުންވާ ވިޓަމިންގެ ބާވަތްތައް ހޯދުމަށް ރަނގަޅު ބުއިމަކަށް ވާނެ އެވެ. އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން އެތެރެ ކުރާ ކިރާއި ޖޫހުގެ ބާވަތްތަކަކީ ދަރިވަރުންނަށް އިންޓަވަލް ގަޑީގައި ވެސް ބުއިމަށް ކަމުދާނެ ތަކެއްޗެވެ.

އެކި މަސައްކަތްތަކުގައި ބެލެނިވެރިން ޝާމިލުވެ އުޅޭ އިރު، ކަންކަން ވަގުތު ނުވާ ދުވަސްދުވަސް ވެސް ހިނގައިދާނެ އެވެ. މި ފަދަ ދުވަހަކަށް ތައްޔާރު ކޮށްލަން އެންމެ ރަނގަޅު އެއްޗަކަށް ނޫޑްލްސް ވާނެ އެވެ. އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން އެތެރެ ކުރާ އައިމީ ނޫޑްލްސް އަކީ އެކި ފްލޭވާތައް އެކުލެވޭ، ރަހަމީރު ނޫޑްލްސް އެކެވެ. އަދި މި ތަނުން ލިބެން ހުންނަ މާސްޓާ ޝެފް ޕްރިމިއަމް ރައިސް އަކީ ކޮލެޓީ ރަނގަޅު، މޮޅު ހަނޑުލެކެވެ.

ކެއުމުގެ ގަޑިތަކަކީ ފނި ރަހަ އާއި ނުލާ ނިންމާލެވޭނެ ގަޑިއެއް ނޫނެވެ. އެކި ކަހަލަ ފޮނި އެއްޗިހި އާއްމު ކޮށް ކެއުން ރަނގަޅު ނޫން ނަމަވެސް، ކެއުމުގައި ކޮންމެ ވެސް ވަރަކަށް ޗޮކުލެޓުގެ ބައިވެސް ހިމަނަން ޖެހެއެވެ. އޭޑީކޭ ޖެނެރަލް ޓްރޭޑިން ގައި ލިބެން ހުންނަ ބޮނުޗީގެ "ބައިޓް ސައިޒް" ޓްރީޓްތަކަކީ ރަހަ މީރު، ކުޑަކުދިންގެ މަގުބޫލުކަން ލިބިފައިވާ ތަކެއްޗެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިން އަކީ މި ފަދަ ތަފާތު އެކި ޕްރޮޑަކްޓްތައް ލިބެން ހުރި ތަނެކެވެ. އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ޕްރޮޑަކްޓުތައް އޭޑީކޭގެ ގަންނަ މާޓާއި، ޖީޓީ ސްނެޕުން ރީޓެއިލްކޮށް ލިބެން ހުންނާނެ އެވެ. އަދި ވިޔަފާރި ކުރަން ވަގުތު ނުވާ ނަމަ، ގަންނަ މާޓުގެ އެޕުން އޯޑަރު ވެސް ކޮށްލެވޭނެ އެވެ.

0 ކޮމެންޓް, 12 ރިއެކްޝަންސް

icon happy
42
icon sad
0
icon angry
58
icon wow
0
icon inlove
0