background image
school guide logo

ސްކޫލް ގައިޑް: ފުރަތަމަ ނާސްތާ! ކުދިންނަށް ހެޔޮ ބަދަލެއް

އެއް ކަމެއް ޔަގީނެވެ. އެސެމްބްލީގައި ހުއްޓާ ވެއްޓޭ ކުދިންގެ އަދަދު މަދު ވެއްޖެ އެވެ. މިއީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނު ކިޔެވުން

އަހުމަދު ސާއިލް އަލީ

4
4 Dec 2019

އެއް ކަމެއް ޔަގީނެވެ. އެސެމްބްލީގައި ހުއްޓާ ވެއްޓޭ ކުދިންގެ އަދަދު މަދު ވެއްޖެ އެވެ. މިއީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނު ކިޔެވުން ފެށުމުގެ ކުރިން ނާސްތާ ދޭން ފެށުމުން ފެނުނު ރަނގަޅު އެއް ނަތީޖާ އެވެ.

ސަރުކާރުން ހިލޭ ނާސްތާ ފޯރުކޮށްދޭ ޕްރޮގްރާމް 2019 ގެ ތައުލީމީ އާ އަހަރާ އެކު ފެށީ 25 ސްކޫލެއްގަ އެވެ. އަދި ޖޫން މަހު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފެށި އެވެ. އެގޮތުން ރާއްޖޭގެ 203 ސްކޫލެއްގެ ހެނދުނު ކިޔެވުން ފެށުމުގެ ކުރިން ނާސްތާ ދަރިވަރުންނަށް ނާސްތާ ދެ އެވެ. އެ ހިދުމަތް 57،816 ދަރިވަރުން ބޭނުންކުރެ އެވެ. އެކަމަށް 2019 ގައި ދައުލަތުގެ ބަޖެޓުން 123 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ކޮންމެ ދުވަހަކު ކިރާއި މޭވާ ކޮންމެ ކުއްޖަކަށް ވެސް ލިބެ އެވެ. އަދި މަސްހުންޏާއި ރޮއްޓާއި ޕާން ފަދަ ތަކެތި ވެސް ހިމެނެ އެވެ. ނާސްތާއަށް އެ އެއްޗެހި ގެންނަ އިރު އެ އެއްޗެހި ހުންނަނީ ރަނގަޅު ފެންވަރުގައިތޯ ޔަގީންކުރެ އެވެ. ކެއުން އޮންނަނީ އެ ކުއްޖަކު ކިޔަވާ ކްލާހެއްގަ އެވެ.

ކުދިންތަކެއް ނާސްތާ ނަގަނީ: މިއީ ރަނގަޅު ޕްރޮގްރާމެއް ކަމަށް ބައެއް ތަޖުރިބާކާރުން ބުނޭ

ހެނދުނު ހުސް ބަނޑާ ތިބެ ސްކޫލަށް ދާ ކުދިންނަށް ސިއްހީ މައްސަލަތައް ދިމާވެ އެވެ. ބައެއް ކުދިން އަނބުރައިގަނެގެން ވެއްޓެ އެވެ. އަދި ބަނޑުހައި ކަންމަތީ ކިޔަވަން ޖެހުމުން ރަނގަޅަށް ސަމާލުކަމެއް ނުދެވެ އެވެ. ނުކައި ގިނަ އިރު ތިބެން ޖެހުމުން ގޭސްޓްރިކް ފަދަ މައްސަލަތައް ދިމާވެ އެވެ. ނާސްތާ ޕްރޮގްރާމާ އެކު އެކަންކަމަށް ބޮޑު ހައްލެއް ލިބުނެވެ.

"ގިނަ ކުދިން ސްކޫލަށް އަންނަނީ ކިރު ތައްޓެއް އެކަނި ބޮއެގެން. ނޫނީ ނުބޮއެ. ހުސް ބަނޑާ ހުރެ ކިޔަވަން އުޅެންވީމަ އެކަން ނުވެ އޮންނަނީ. ނާސްތާ ޕްރޮގްރާމާ އެކު އެކަންކަން ވަރަށް ބޮޑަށް ބަދަލުވެގެން ދިޔަ،" ޕްރިންސިޕަލަކު ވިދާޅުވި އެވެ.

"ނާސްތާ ނަގައިގެން ކިޔަވާތީ ކުދިން ކިޔެވުމުގައި މިހާރު އެކްޓިވް."

ނާސްތާ ޕްރޮގްރާމުން ލިބުނު އަނެއް ރަނގަޅަކީ، ތައުލީމީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އެކަނި ގޭގައި އިނދެ، ފޫހިކަމާ އެކު ކާން ޖެހުނު ކުދިން، ކްލާހުގެ ހުރިހާ ކުދިންނާ އެކު، އިޖުތިމާއީ މާހައުލެއްގައި ނާސްތާ ނެގޭ ގޮތް ވުމެވެ.

"ކްލާހުގައި މާ މަޖާ ކާއިރު. އެއްކުއްޖަކު އަނެއް ކުއްޖަކަށް ޝެއާ ވެސް ކުރަން ކާ އެއްޗެތި،" އިސްކަންދަރު ސްކޫލުގެ ގްރޭޑް ހަތަރެއްގައި ކިޔަވަމުން އަންނަ ޔޫސުފް ލައްޔާންގެ ބުންޏެވެ.

އެޑިއުކޭޝަން: މަގުސަދު ހާސިލްވެއްޖެ

ދުޅަހެޔޮ ކުދިންތަކެއް ބިނާކުރުމުގެ މަގުސަދުގައި ސަރުކާރުން ފެށި ޕްރޮގްރާމްގެ ނަތީޖާއާ މެދު އެޑިއުކޭޝަން މިނިސްޓްރީން ވެސް ހިތްހަމަޖެހެ އެވެ. ކުރި ހަރަދާ ލިބުނު ނަތީޖާ ދިމާވާތީ އެވެ.

ނާސްތާ ތައާރަފުކުރުމުގެ ހަފުލާއެއްގައި ނައިބު ރައީސް ފައިސަލް ނަސީމް

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ދަރިވަރުންނަށް ނާސްތާ ދޭން ފެށުމުން ސްކޫލު މާހައުލުގައި ކުދިން ބަލިވާ މިންވަރު މަދުކުރެވި، ދަރިވަރުން ކިޔެވުމަށް ދޭ ސަމާލުކަން ބޮޑުކުރެވިއްޖެ ކަމަށެވެ. ދަރިވަރުންގެ ސިއްހަތު ރަނގަޅުވުމުގެ އިތުރުން އިޖުތިމާއީ ގުޅުންތައް ވެސް ނާސްތާގެ ސަބަބުން މަތިވެ، ދަރިވަރުންގެ ހާޒިރީ ވެސް ރަނގަޅުވި ކަމަށް ވިދާޅުވި އެވެ.

"ދަރިވަރުން ފިލާފަޅަށް ދޭ ސަމާލުކަން ހަމަ އިތުރުވެގެން ދިޔަ ކަމަށް ހުރިހާ ޓީޗަރުން ވެސް އެއްބަސްވޭ. އަދި ހަމަ އޭގެ އިތުރުން އެސެމްބްލީގައި ތިއްބާ އަނބުރައިގަނެގެން ވެއްޓޭ ކުދިންނާއި އަދި ހެލްތު ރޫމަށް، ބަނޑުގައި ރިއްސާތީ އާއި ބޮލުގައި ރިއްސާތީ ދާ ކުދިންގެ އަދަދު ހަމަ މަދުވެގެން ދިޔަކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި އަނެއް ކަމަކީ ގަޑިނުޖެހި ސްކޫލަށް ދާން ކުދިން ބޭނުންވާ ސަބަބަކަށް ވެސް ނާސްތާ ވުމެވެ. އެއީ އެކުވެރި އެހެން ދަރިވަރުންނާ އެކު ވަގުތު ހޭދަކޮށްލަން ލިބޭ ފުރުސަތަކަށް ވާތީ ކަމަށް ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.

ނާސްތާ ޕްރޮގްރާމުން ދަރިވަރުންނަށް އައި ހެޔޮ ބަދަލާ އެކު މިއީ ކުރިއަށް ގެންދަން ޖެހޭ ހިދުމަތަކަށް ވަނީ ބަދަލުވެފަ އެވެ. ދަރިވަރުން ތިބީ އުފަލުންނެވެ.

4 ކޮމެންޓް, 18 ރިއެކްޝަންސް

icon happy
100
icon sad
0
icon angry
0
icon wow
0
icon inlove
0

ބޭކާރު

4 Dec 2019

ބޭކާރު ޚަރަދާއި ވަގުތު. ތަޢުލީމީ ނިޒާމްގައި އެބަހުރި ތިޔަ ފައިސާ ޚަރަދުކުރުން މާ ބޮޑަށްވެސް އައުލާކަން ބޮޑެތި ކަންތައްތައް.

ވޯލް

4 Dec 2019

މިއީ މުހިއްމު ކަމެއް.

ސަތާރަ

4 Dec 2019

ހެޔޮ ބަދަލެއް. ޝުކުރިއްޔާ އިބޫ ޞާލިޙް. އެކަމަކު ކުދިންނަށް ކާންދޭ ކާބޯތަކެތީގެ ކޮލިޓީ ކޮންމެ ދުވަހަކުވެސް ވަކިވަކިން ޗެކް ކޮށް ބެލުން ވަރަށް މުހިންމު. އަދި ކެއުން ތައްޔާރުކުރާ ތަންތަނުގެ ސާފުތާހިރުކަން ޗެކް ކުރުންވެސް އެހާ މުހިންމު

ޚައްވަ

5 Dec 2019

ފުރަތަމަ ޓެސްޓްކުރަން ކާންދޭންވާނި ކައްކާ އަށް. ކައްކާއަށް ގޮތެއްނުވިއްޔާ އެންމެންކާންވި