މުހައްމަދު ޒަޔާން ޒާހިރު
އިންޓަ ސްކޫލް މުބާރާތްތަކުން ފެށިގެން ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ސްކޫލް ތަމްސީލުކުރެވުމަކީ ކުދިންނަށް ލިބޭ ބޮޑު ޝަރަފަކާއި ފަހުރެކެވެ. އެކަމަކު ސްކޫލްގައި އުޅެމުން ގައުމީ ފެންވަރުގައި ރަސްމީ މުބާރާތްތަކުގައި ކުޅެން ލިބުމަކީ އަދި މާބޮޑު އުފަލެކެވެ.
ފުޓްބޯޅައިން ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ އުހަށް ދިއުމުގެ ހުވަފެންތައް ދެކެމުން އަންނަ، އިސްކަންދަރު ސްކޫލުގެ ގުރޭޑް 8 ގައި އުޅޭ 14 އަހަރުގެ އަހުމަދު ކާއިން ގަޔާޝް އަކީ މިހާރުވެސް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ވެލެންސިއާގެ ސީނިއާ ޓީމަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ.
އޭނާ އަކީ ރާއްޖޭގެ އެއްވަނަ ޑިވިޝަން ފުޓްބޯޅަ ކުޅޭ އެންމެ ހަގު އުމުރުގެ ތިން ކުދިންގެ ތެރެއިން ކުއްޖެއް ކަމަށް މިހާތަނަށް ރެކޯޑް ކުރެވިފައިވާ ދިވެހި ފުޓްބޯޅައިގެ ތާރީހުން އެނގެ އެވެ. ކާއިންއާ އެއް އުމުރެއްގެ އެހެން ދެ ކުއްޖަކު ވެސް ވެލެންސިއާގެ ސީނިއާ ޓީމަށް ކުޅެ އެވެ. އެއީ ވެސް އިސްކަންދަރު ސްކޫލުގެ ދެ ދަރިވަރުންނެވެ.
ފުޓްބޯޅައަށް ކާއިން ޝައުގުވެރިވީ އޭނާގެ ބޭބެއެއްގެ އެދުމަށް "އާލީ ޓަޗް ފުޓްބޯޅަ އެކަޑަމީ" (އީޓީއެފްއޭ) އާ ގުޅުނު ހިސާބުންނެވެ. އޭގެ ފަހުން އޭނާ ގައުމީ ޖޫނިއާ ޓީމުގައި ހިމެނި، ދުބާއިގައި އޮތް މުބާރާތެއްގައި ވެސް ކުޅުނެވެ.
ފުޓްބޯޅައިގެ އިތުރުން އެތުލެޓިކްސްގައި ވެސް ސްކޫލަށް ރަން ވަނަތަކެއް ހޯދައިދީފައިވާ ކާއިން މި އަަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުން ލޯ މެޑަލްއަކާއި ރިހި މެޑަލް އެއްގެ އިތުރުން ދެ ރަން މެޑަލް ހާސިލް ކުރި އެވެ. އެތުލެޓިކްސް އަށް ހުންނަ ޝައުގާ އެކު ވެސް އޭނާ އެންމެ ކުރާ ހިތްވާ ކަމަކީ ފުޓްބޯޅަ ކުޅުމެވެ.
ޓާގެޓަކީ ކިޔަވާ ނިންމާފައި ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅެން ބޭރުގެ ފުރުސަތެއް ހޯދުން: ކާއިން
ކާއިންގެ މަންމަ ބުނި ގޮތުގައި ކާއިން އަކީ ހިތްވަރު ގަދަ އެތުލީޓެކެވެ. ކުޅެގެން ލިބޭ އަނިޔާތަކާ އެކު ވެސް ކާއިންގެ އަމާޒަކަށް ވަނީ ކުރާ ކަމެއް އެންމެ ފުރިހަމައަށް ކުރުން ކަމަށް މަންމަ ބުންޏެވެ. އޭގެ މިސާލެއްގެ ގޮތުން ކާއިންގެ ބައްޕަ ދެއްކީ އެތުލެޓިކްސް މުބާރާތް ކުޑަތަން ވެފައި ވަނިކޮށް ތަމްރީނުތައް ފެށިޔަސް ފިޓްކޮށް ހުންނަން ކާއިން އަމިއްލައަށް ކުރި ބުރަ މަސައްކަތެވެ.
އިންޓަ ސްކޫލް އެތުލެޓިކްސް އިން ހޯދި ކާމިޔާބީއާ ގުޅިގެން އެސޯސިއޭޝަނާއި އިތުރު އެކަޑަމީތަކުން ވެސް ކާއިން އަށް ހުށަހެޅުންތައް ލިބުނަސް ކާއިންގެ ވިސްނުން ބޮޑަށް ހުރީ ފުޓުބޯޅައަށް ކަމަށް އޭނާގެ މަންމަ ބުންޏެވެ.
ކާއިން ވަނީ 2019 ވަނަ އަހަރު ރާއްޖޭގެ ޖޫނިއާ ޓީމުން ދުބާއީގައި ވާދަކުރި މުބާރާތެއްގައި ވެސް ކުޅެފަ އެވެ. އޭގެ ފަހުން ސްރީ ލަންކާގައި ފުޓްބޯޅައިގެ ތަމްރީނުތަކެއް ވެސް ކާއިން ފުރިހަމަ ކުރި އެވެ. އަދި ޖޫނިއާ ގައުމީ ޓީމާ އެކު ސާބިއާގެ ޓްރޭނިން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ކާއިން އަށް ލިބުނެވެ
"ޓާގެޓަކީ ކިޔަވާ ނިންމާފައި ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅެން ބޭރުގެ ފުރުސަތެއް ހޯދުން،" އިސްކަންދަރަށް 15 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކުރި ކާއިން ބުންޏެވެ.
"ސްކޫލުގައި އުޅެމުން ފަސްޓް ޑިވިޝަން ކުޅެން ފުރުސަތު ލިބުމަކީ މިކަމުން ކުރިއަރަން ލިބޭ ވަރަށް ބޮޑު ހިތްވަރެއް. ސްކޫލުން ވެސް ސަޕޯޓިވް ވީމަ ކުޅެވެނީ. މެޗުތަކަށް ދިއުމާއި ޕްރެކްޓިސްތަކަށް ދާން ފުރުސަތު ލިބޭ. ފުޓްބޯޅައިން ކެރިއަރެއް ބިލްޑް ކުރުން ހުވަފެނަކީ."
ކުޅިވަރަށް ބޮޑު ލޯތްބެއް ޖެހިފައި އޮތަސް ރަނގަޅު ކާމިޔާބީއަކާ އެކު ސްކޫލް ދައުރު ނިންމާލުމަކީ ކާއިންގެ އުންމީދެކެވެ.
"ކުޅިވަރު ކުޅުނަސް ކިޔެވުމަށް ވެސް އެއާ އެއްވަރަށް ވަގުތު ދެވޭތޯ ބަލަން. ސްކޫލް ދައުރު ނިންމާލާއިރު ރަނގަޅު ނަތީޖާއެއް ހޯދައިގެން ސްކޫލް ނިންމާލަން ބޭނުންވަނީ. ފުޓުބޯޅައިން ކުރިއަށްދާން ބޭނުން ވަނީ ކިޔެވުމުގައި ވެސް ކާމިޔާބު ހޯދައިގެން،" އިސްލާމް މާއްދާއަށް ޝައުގުވެރިކަން ބޮޑު ކާއިން ބުންޏެވެ.
ހަފްތާ ބަންދުތަކުގައި ލިބޭ ހުސް ވަގުތު ކާއިން އަކީ ވީޑިއޯ ގޭމް ވެސް ކުޅޭ ކުއްޖެކެވެ. އޮންލައިން ކޮށް ބާއްވާ ގޭމް މުބާރާތްތަކުގައި ވާދަކޮށް ވެސް ކާއިން ވަނީ އެތައް ކާމިޔާބީއެއް ހޯދައިފަ އެވެ.
ޢިހްސާސް..
14 Jul 2023
ކާއިންއަށް ކާމިޔާބީއަށް އެދެން. މިފަދަ އެތައް ހުނަރުވެރިން ކުދިން ރާއްޖޭގައި ބައިވަރު އެބަތިބި. މާލީ ތަނަވަސްކަމެއް ނެތް ކުދިންވެސް އުޅޭ. މިކުދިންނަށް ކުރިއަށްނެރެ ފުރުސަތުތައް ދީގެން ގައުމުގެ މިހާރުގެ ފުޓުބޯޅަ ކުރިއެރުވޭނީ.
ކާއިންފުޅު
14 Jul 2023
ކާއިންއަކީ މިވަގުތު ރާއްޖޭގެ އެއްވަނަ.. ތޮށިގަނޑު ފަނާލާފަ ބޭރުދުނިޔެއަށް ނިކުންނާނެ.. ޔޫރަޕު ނުވަތަ ސައުދީގެ ލީގެއްގަ ކުޅެވޭނެ ފެންވަރާއު ހުނަރު އެބަހުރި.. ތިއްތިބައްޕަގެ ހުރިހާވެސް އުންމީދަކީ ކާއިންގެ ކުރިމަގު.. އިންޝާﷲ
އުވާލާއުވާލާ
14 Jul 2023
ފުޓް ބޯޅަ އަކީ އެއީ މިރާއްޖޭގެ ބަޖެޓް ދަވާލަން ވެގެން ކުޅޭ ކުޅުމެކޭ ފުޓް ބޯޅަ އުވާލާ އެފްއޭއެމް އުވާލާ އެފްއޭއެމް އުވާލާ އެފްއޭއެމް އުވާލާ އެފްއޭއެމް އުވާލާ އެފްއޭއެމް އުވާލާ އެފްއޭއެމް އުވާލާ އެފްއޭއެމް އުވާލާ އެފްއޭއެމް އުވާލާ އެފްއޭއެމް އުވާލާ އެފްއޭއެމް އުވާލާ އެފްއޭއެމް އުވާލާ އެފްއޭއެމް އުވާލާ އެފްއޭއެމް އުވާލާ އެފްއޭއެމް އުވާލާ އެފްއޭއެމް އުވާލާ އެފްއޭއެމް އުވާލާ
ހަރުބެ
14 Jul 2023
ކުދިންނޭ ރާއްޖެ ފުޓުބޯޅައަކަށް ނެތް އުންމީދެއް، ވަގުތާއި ބުންވަރު ބޭކާރު ކޮށްނުލާ ކޮންމެވެސް އުފެއްދުންތެރިކަމެއް ކުރޭ، ބޭބެ ބުނާނެ ވާހަކައެއް ނެތް..
ގަމާރުދިވެހިން
14 Jul 2023
ރާއްޖޭގަ ފުޓުބޯޅަ ދާގޮތް ރަނގަޅެއްނޫން، އެކަމަކު ކުދިންނަށް ތިގޮތަށް ހިއްވަރު ދިނުމަކީ ގައުމެއްގެ ނެތިދިއުން. ފުޓްބޯޅަ ނެތި ދިއުން. ހަދާން ކުރަށްޗޭ! ޔޫ ލޫސް ވެން ޔޫ ގިވް އަޕް. ކާއިން ؛ ހިއްވަރާ އެކު ބޭނުންވާ ލަނޑުދަނޑި ހާސިލް މަސައްކަތް ކުރޭ. ކާމިޔާބު ލިބޭނެ އިންޟާއައްލޯހް!
މޮޅުދިވެހިން
14 Jul 2023
ބްރަދާ ފުޓުބޯޅަ ނެތިދާކަށް ނެތޭ…ނެތިއްޖެ!!
ބުއްސާމް
15 Jul 2023
ދަރިޔާ ކިޔަވައިގެން ކާމިޔާބީއަކަށް ވާސިލްވެވޭތޯ މަސައްކަތް ކުރޭ ފުޓުބޯޅައިގެ އެއްވެސް ކުރިއެރުމެއް ނެތް ހަލާކުވެ ނިމިއްޖެ