background image
school guide logo

ސްކޫލްގެ ފުރަތަމަ ދުވަހަށް ކުދިން ތައްޔާރުކުރާނީ ކިހިނެއް؟

ސްކޫލަށް ދާ ފުރަތަމަ ދުވަހު ވަރަށް ގިނަ ކުދިން ހާސްވެ، ޖެހިލުންވެ، ބިރު ވެސް ގަނެ އެވެ. ޕްރީ ސްކޫލަށް ދާ ކުދިންގެ މައިންބަފައިން ނުވަތަ

ފާތިމަތު ޝަނާ މުހައްމަދު

0
15 Jul 2023

ސްކޫލަށް ދާ ފުރަތަމަ ދުވަހު ވަރަށް ގިނަ ކުދިން ހާސްވެ، ޖެހިލުންވެ، ބިރު ވެސް ގަނެ އެވެ. ޕްރީ ސްކޫލަށް ދާ ކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާ ކުދިން އެތަނަށް ލައިފައި ދިއުމުން ރޮއެ ހަދަ އެވެ. އެކަމަކު އެހެން އެކަން ވިޔަ ނުދިނުމަށް، ސްކޫލް ފެށުމުގެ ކުރިން ކުއްޖާ އެ ވަގުތަށް ރެޑީ ކުރެވިދާނެ ތަފާތު ގޮތްތައް އެބަހުއްޓެވެ.

މިއީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދީ، ކުދިންގެ މެދުގައި "އައިސްބްރޭކް" ކޮށްލުމަށް ވަރަށް ރަނގަޅު ކަންކަމެވެ.

1. ސްކޫލާ ގުޅޭ ހުރިހާ ވާހަކައެއް ކިޔައިދިނުން

އާންމު ގޮތެއްގައި ޕްރީ ސްކޫލް ކުދިން ފުރަތަމަ ދުވަހު ސްކޫލަށް ގޮސް ރޮނީ ސްކޫލަކީ ކިހިނެއްވާ ތަނެއްކަން ނޭނގޭތީ އެވެ. ސްކޫލު މާހައުލުގައި ކަންކަން ވާގޮތް ނޭނގޭތީ ބިރުންނެނެވެ. އެކަހަލަ ހާލަތެއްގައި ސްކޫލަށް ދިއުމުގެ ވާހަކަތައް ކުރިއާލައި ކުއްޖާއަށް ކިޔައިދޭށެވެ. ސްކޫލަކީ، ކީއްކުރަން ދާ ތަނެއް ކަމާއި ސްކޫލުގައި އާންމުކޮށް ކުރާނެ ކަންކަން ކުދިންނަށް ކިޔައިދޭށެވެ. އޭރުން، ސްކޫލުގެ ފުރަތަމަ ދުވަހުގެ ބިރު ކޮންމެވެސް ވަރަކަށް ހިތުން ފިލާނެ އެވެ.

2. ކުއްޖާއަށް ސްކޫލު ދައްކާލުން

މިއީ ފުރަތަމަ ދުވަހުގެ އާކަން ކަނޑުވާލަން ކުރެވިދާނެ ވަރަށް ރަނގަޅު ކަމެކެވެ. ސްކޫލަށް ގޮސް، ހޯލް ތެރެ އާއި ކިޔަވަން ތިބޭ ކްލާސްރޫމް ކުރިއާލާ ދައްކާއި އެތަނުގައި ކަން ހިނގާނެ ގޮތް ކުދިންނަށް ކިޔައިދެވިދާނެ އެވެ. އަދި ސްކޫލުގައި ކިޔަވާދޭ ޓީޗަރުންނާއި ކުދިންނާ ބައްދަލުކޮށް، ތައާރަފްކޮށްދެވިދާނެ އެވެ.

މިއީ ރާއްޖޭގައި އާ ކަމެއް ނަމަވެސް، ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ކުޑަކުދިން ސްކޫލަށް ދާ ފުރަތަމަ ދުވަހުގެ ކުރިން ކޮށްއުޅޭ ކަމެކެވެ. ސްކޫލަށް ދާ ފުރަތަމަ ދުވަހުގެ ކުރިން، ޓީޗަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ކުދިންނަށް ލިބުމުން، ފުރަތަމަ ދުވަހުގެ ބިރާއި އެންޒައިޓީ ވަރަށް ބޮޑަށް ކުޑަވެ އެވެ.

3. ބެލެނިވެރިން ހާސްވާކަން ނުދެއްކުން

ފުރަތަމަ ދުވަހު ސްކޫލަށް ފޮނުވުމަކީ، އަލަށް ސްކޫލަށް ކުދިން ފޮނުވާ ބެލެނިވެރިންނަށް އެހާ ފަސޭހަ ދުވަހަކަށް ނުވެ އެވެ. މުޅިން އާ މާހައުލަކަށް ކުދިން 3-4 ގަޑިއަށް ފޮނުވުމުން ވާނެ ގޮތަކާ މެދު ހިތުގައި ސުވާލު އުފެދެ އެވެ. އެކަމަކު ބެލެނިވެރިން މާ ކަންބޮޑުވާކަން ކުދިންނަށް އިހުސާސް ކުރެވިއްޖެ ނަމަ، އެކުދިން އިތުރަށް ބިރު ގަންނާނެ އެވެ.

ކުޑަކުދިންނަކީ ބެލެނިވެރިންގެ އިހުސާސްތައް ވަރަށް ފަސޭހައިން ދެނެގަންނަ ބަޔަކަށްވާއިރު، ބެލެނިވެރިން ވެސް ޕޮޒިޓިވް އިހުސާސްތަކެއް އެ ކުދިންނަށް ދެއްކުން ވަރަށް މުހިންމެވެ. އަދި ކުދިންނާ ވަކިވާ ވަގުތުގައި، ސަލާންކުރުމަށް ފަހު ރުއި ނަމަވެސް، ހިތްވަރުދީފައި އަވަހަށް ކްލާސްރޫމުން ނުކުތުން މުހިންމެވެ. އޭރަށް ސްކޫލަށް ދިއުމުގެ ރޫޓިންއަށް ކުދިން އަވަހަށް ހޭނެން ފަށާނެ އެވެ.

3. އެޕްރިސިއޭޝަން ސާކަލް

މިއީ ކްލާސްރޫމްގެ ތެރޭގައި ޕޮޒިޓިވިޓީ އިތުރުކޮށް، އެކުވެރިކަން އާލާކުރަން ޓީޗަރުންނަށް ކުރެވިދާނެ ކަމެކެވެ. ކޮންމެ ކުއްޖަކު ވެސް އެ ކުއްޖަކާ ޖެހިގެން އިންނަ ކުއްޖަކާއާ ގުޅޭ ގޮތުން ތައުރީފުގެ ބަހެއް ބުނެލާނީ އެވެ. މިއީ ބޭބީ ނާސަރީ އާއި ނާސަރީ ކުދިންގެ އިތުރުން އެލްކޭޖީ، ޔޫކޭޖީ އަދި ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް ވެސް ކުރެވިދާނެ ކަމެކެވެ. މި ހާއްސަ ހަރަކާތަކީ އެންމެންގެ އިތުބާރު އިތުރުކޮށް، ކްލާސް ރޫމު ތެރޭގައި އޯގާތެރިކަން އިތުރު ކުރަން ކުރެވިދާނެ ކަމެކެވެ.

4. ހާއްސަ ކަމެއް ހިއްސާ ކޮށްލެވިދާނެ

މިއީ ޕްރައިމަރީ ކުދިންނަށް ހިންގިދާނެ ހަރަކާތެކެވެ. ކޮންމެ ކުއްޖަކު ވެސް ނޯޓެއްގައި އެ ކުއްޖެއްގެ ހުރި ރަނގަޅު ސިފައެއް އަދި ރަނގަޅު ކުރަން އަޒުމު ކަނޑައަޅާ ކަމެއް ލިޔާށެވެ. އެކަން ކުލާހުގެ އެހެން ކުދިންނާ ހިއްސާކޮށްލާށެވެ. މިއީ އަމިއްލަ ނަފުސަށް ކުރާ އިތުބާރު އިތުރުކޮށް، ކްލާސްރޫމުގައި ރަނގަޅު މާހައުލެއް އުފައްދަން ކުރެވިދާނެ ކަމެކެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy
25
icon sad
0
icon angry
0
icon wow
0
icon inlove
75