background image
school guide logo

އޭލެވެލްގެ އެއްވަނަ، މިއީ ގުރުބާނީއެއްގެ ނަމޫނާ މިސާލެއް!

އައިޝަތު އިއްޒަތު ޔޫސުފު ހުރީ އޭނާގެ މަންޒިލަށް ދާން ކޮންމެ ފަދަ ގުރުބާނީއެއް ވާން ވެސް ތައްޔާރަށެވެ! މ. ކޮޅުފުއްޓަށް އުފަން އިއްޒަގެ

ފާތިމަތު އަޖްފާން

4
25 Jun 2023

އައިޝަތު އިއްޒަތު ޔޫސުފު ހުރީ އޭނާގެ މަންޒިލަށް ދާން ކޮންމެ ފަދަ ގުރުބާނީއެއް ވާން ވެސް ތައްޔާރަށެވެ! މ. ކޮޅުފުއްޓަށް އުފަން އިއްޒަގެ ފުރަތަމަ ގުރުބާނީ އަކީ، ކިޔެވުމަށް ޓަކައި ރަށް ދޫކޮށްލައިފައި އެހެން ރަށަކަށް ބަދަލުވާން ޖެހުމެވެ.

އޭނާ ބޭނުންވީ ޑޮކްޓަރަކަށް ވާށެވެ. އެކަން ވާން އޮތީ ސައިންސް ސްޓްރީމް އަށް ކިޔަވައިގެންނެވެ. އަމިއްލަ ރަށުގައި ކިޔަވައިދެނީ ހަމަ އެކަނި ބިޒްނަސް ސްޓްރީމް ކަމުން އިއްޒަ މ. އަތޮޅު ތައުލީމީ މަރުކަޒަށް ބަދަލުވި އެވެ.

އެ ގްރޭޑްގައި ރިޕީޓްވެ، ސައިންސް ސްޓްރީމް ކިޔަވައި އޯލެވެލް ނިންމާލި އެވެ. ގަދަ 10 ގައި ހިމެނުނަސް، އެއީ އޭނާގެ އެންމެ ރަނގަޅު ނަތީޖާ ނޫން ކަން އޭނާ އަށް އެނގެ އެވެ.

"މިހާރު ވަރަށް ރިގްރެޓް ކުރެވޭ 10ގައި ކިޔަވަން މަސައްކަތް ނުކުރެވުނީމަ. އޭރު އެއީ އަޅުގަނޑުގެ އެންމެ ބެސްޓެއް ނޫން. އެހެންވެ އޭލެވްގައި ވަރަށް މަސައްކަތް ކުރިން."

އޯލެވެލްގައި އިއްޒަ އަށް ތިން މާއްދާއިން އޭ ސްޓާ އާއި ފަސް އޭ ލިބިގެން ދިޔައީ ގަދަ ދިހައެއްގެ ހަ ވަނަ އަށެވެ. ނަމަވެސް އޭލެވެލްގައި އޭނާ ވަރަށް ގަދައަށް މަސައްކަތްކޮށް، އޭގެ ނަތީޖާ އަކަށް ވީ އޭލެވެލްގެ އެއްވަނައިގައި ހިމެނުމެވެ. އެއީ ފަސް އޭ ސްޓާ އެވެ.

އޭ ލެވެލް ޓޮޕްޓެން ރަސްމިއްޔާތުގައި އިއްޒައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވޯޑު އަރުވަނީ. -- ފޮޓޯ | ރައީސް އޮފީސް

ވަރަށް ހިތްހަމަ ޖެހޭ ނަތީޖާއެއް. އަޅުގަނޑު ވަރަށް މަސައްކަތް ކުރިން އޯލެވެލްގައި އެހާ މަސައްކަތް ނުކުރެވުނީމަ އޭލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދަން.

އަބަދުވެސް އުންމީދު ކުރިން ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް. މަންމަ އާއި ބައްޕަ އަށް ވެސް އަޅުގަނޑު ކުރި މަސައްކަތުން ޔަގީންކަން އޮތް އެ ނަތީޖާއާ ދޭތެރޭ.

އަޅުގަނޑު ތައްޔާރުކުރީ ޝެޑިއުލްއެއް. ކިތަންމެ ބިޒީކޮށް އުޅުނަސް ބަލަން އެ ޝެޑިއުލް ފޮލޯކުރަން ކޮންމެ ދުވަހަކު ވެސް.

މި ނަތީޖާގެ އެންމެ ބޮޑު އެއް ހިއްސާއަކީ ޕާސްޓް ޕޭޕަރު ހެދުން. ހުރިހާ ޕާސްޓް ޕޭޕަރެއް ވެސް ހެދިން. އެންމެ އުނދަގޫ މާއްދާތަކުން ޓިއުޝަން ވެސް ނަގައިގެން ކިޔެވީ.

އޭލެވެލް ކިޔަވަން ފެށުމުގެ ކުރިން ކޮންމެ ކުއްޖަކު ވެސް ވަކި ޓާގެޓެއް ކަނޑައަޅަންވާނެ. އެ ކުއްޖާ ހޯދަން ބޭނުން ވަނީ ކޮން ނަތީޖާއެއްތޯ، ދާން ބޭނުންވަނީ ކިހާ ހިސާބަކަށްތޯ. އެ ޓާގެޓަށް ގަދައަޅާ މަސައްކަތް ކުރުން.

ޑިސްޓްރެކްޝަންސް އަންނާނެ، ތަފާތު ހިޔާލުތައް ވެސް އަންނާނެ. ކުދިންގެ ފަރާތުން ވެސް އެކި މީހުންގެ ފަރާތުން ވެސް އަންނާނެ. އެކަމަކު އެ ކާމިޔާބުކުރަން އުޅޭ ގޯލު، ނޫނީ އެ މަގުން ކައްސާލައިގެން ނުދާ ވަރަށް މަސައްކަތް ކުރާނެ ކޮންމެ ކުއްޖަކު ވެސް.

ދެން އެންމެ މުހިންމު ކަމަކަށް ދީނީ ކަންކަން ކުރުން. ހުރިހާ ނަމާދެއް ބަރާބަރަށް ކޮށް ދީނީ ކަންކަމަށް ފަރުވާތެރިވާން ވާނެ.

4 ކޮމެންޓް, 34 ރިއެކްޝަންސް

icon happy
9
icon sad
0
icon angry
0
icon wow
0
icon inlove
91

އައިނީޑްޔޫ

25 Jun 2023

އޭލެވެލްގެ އެއްވަނަ، މިއީ ގުރުބާނީއެއްގެ ނަމޫނާ މިސާލެއްގެ ގޮތުން ދިވެހި އަންހެން ކުއްޖަކު ދައްކައިފިނަމަ އެއީ މަމެން އުފަލުން ފޮލޭ ކަމެކޭ މެޑިކަލް ސައެންސްގެ ރޮގުން އިންސާނާ ރަނގަޅަށް ކުރިއެރުމަކީ އެއީ ވަރަށް ފަޚުރުވެރި އަދި ދެދުނިޔޭގައި ވެސް ގިނަ ނިއުމަތް ތައް ލިބޭނެ ކަމެކޭ ނިއުރޯ ސައެންސް އެގުން އެއީ އަދިވެސް އިންސާނުންނަށް ހޯދާ ހޯދާ އޭގެ ޒައްރެއްގެ މިންވަރު ވެސް ނޭގޭ ކަމެކޭ މިދާއިރާއޭ ކިޔަވަންވީ އެއިރުން އޭއައި ރޮގުން ކުރިއަރައިގެންދާނެއޭ

ޕިރިންޓޭ

25 Jun 2023

މި ނަތީޖާގެ އެންމެ ބޮޑު އެއް ހިއްސާއަކީ ޕާސްޓް ޕޭޕަރު ހެދުން. ހުރިހާ ޕާސްޓް ޕޭޕަރެއް ވެސް ހެދިން. މިހެންވެ ވަނަވަނައަށްދާކުދިން ފަހުންނުފެއްނަނީ. ޔުނިވަރސިޓީގަ ނޯޕާސްޓް ޕޭޕަރސް.

މީޑިއަމްތޭ

25 Jun 2023

އޭލެވެލްގެ އެއްވަނަ، މިއީ ގުރުބާނީއެއްގެ ނަމޫނާ މިސާލެއް ކަމަށް ދިވެހި ދަރިއަކު ވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އެދެމޭ ތިފަދަ ކުދިން ހިސާބު އިލްމުން ކުރިއަށް ދާން ހިސާބު އިލްމަކީ އެއީ ދުނިޔެ އުފައްދާފައިވާ އަސްލަކީ އެއީ ދުވަހަކު ވެސް ބަދަލު ނުވާނެ އެއްޗެކޭ ދުނިޔޭގައި މިހާރު އުޅޭ އެންމެން ވާހަކަ ދައްކާ ބަސް ބަދަލުކޮށް އާ ބަޔަކު ދުނިޔެ އަށް އައިނަމަވެސް ބަދަލު ނުވާނެ އެއްޗަކީ އެއީ ހިސާބު އިލްމޭ މީ ކޮންފަދަ ޖާދޫއެއްތޭ މީ ކޮންގޮތަކުން އައި

ހސބ

25 Jun 2023

ކާމިޔާބަށް ވ މަރުހަބާ.